Tuesday, April 20, 2010

ޕްރެފެސަރ ތަޤީ ޢުޘްމާނީ އަށް މަރްޙަބާ

ޕްރޮފެސަރ ތަޤީ ޢުޘްމާނީ އަކީ މިއަދު ދުނިޔޭގައި ތިއްބެވި އެންމެ މަތީފަންތީގެ ޢިލްމުވެރީންގެ ތެރެއިން އެއް ބޭފުޅެކެވެ. ޢަރަބި، އިގިރޭސި އަދި އުރުދޫ ބަހުން އަމިއްލަޔަށް (ތަރުޖަމާ އެއް ނޫން) ފޮތް ތައުލީފު ކުރައްވާ ފިޤްހު ޢިލްމުގައި މިއަދު ދުނިޔޭގައި ތިއްބެވި އެއންމެ ވަރުގަދަ ޢާލިމުން ގެ ތެރެއިން އެއް ބޭފުޅެކެވެ. ޙައްޤު ބަސް ވިދާޅުވުމުގައި ސިހިވަޑައިގަތުމެއް ނުވަތަ ފަހަތަށްއ ޖެހިވަޑާއި ގަތުމެއް ނު ގެންގުޅުއްވާ ޙަޤީޤީ ޢިލްމުވެރިޔެކެވެ. މީގެ ދަލީލަކީ ޕާކިސްތާނުގެ ސްޕްރީމްކޯޓުގެ ޝަރީޢާ ބެންޗް ގެ ޖަޖް އަކަށް ޕްރޮފެސަރ ތަޤީޢުޘްމާނީ ހުންނެވި އިރު ބޭންކް އިންޓްރެސްޓަކީ ރިބާކަމުގައި އަދި މި ޙަޤީޤަތާ ގުޅިގެން ޕާކިސްތާނުގެ ހުރިހާ ބޭންކް ތަކެއް އެއީ އިސްލާމީ ޝަރީޢަތް ރުހޭ ފަދައިން ރިބާއާ ނުލައި ހިންގޭ ބޭންކް ތަކަކަށް ވާން ޖެހޭނެކަމަށް ކަނޑައަޅުއްވައި ނެރުއްވި ޖަޖްމެންޓް އެވެ. ޕްރެފެސްރ ތަޤީ ޢުޘްމާނީ ދިވެހިރާއްޖެއަށް ވަޑައިގަތުމަކީ މުޅި ރާއްޖެއަށް ލިބުނު ފަޚްރެކެވެ. ޙަޤީޤަތުގައި ދުނިޔޭގެ އެއްވެސް ހެޑް އޮފް ސްޓޭޓަކަށް ކިޔޭ ރަތްދޫލައިގެ މަރްޙަބާ އަށް ވުރެ މާ މަތީ ތަރްޙީބެއް މި ޢިލްމުވެިރޔާއަށް ޙައްޤެވެ

Friday, April 16, 2010

ކީރިތި މާތް ﷲ ޣާފިލު ވެ ވޮޑިގެން ނުވެއެވެ

މިއަދު ނޫހުގައި "މަހީހީ" މިނަމުގައި މީހަކު ލިޔެފައިވާ ޚިޔާލަކަށް ދެވިފައިވާ ރައްދު ތިރީގައި ނަކަލު ކުރެވިފައި މިވަނީއެވެ. މިއަދު ނޫހުގެ އަޞްލު ޚަބަރާއި އެ ޚަބަރަށް "މަހީހީ" ފޮނުވާފައިވާ ކޮމެންޓް ބައްލަވަން ބޭނުންފުޅު ބޭފުޅުންނަށް ތިރީގައިވާ ލިންކުން އެ ޚަބަރު ބެއްލެވޭނެއެވެ


http://www.miadhu.com/dv/?p=25267&cpage=1#comment-3661


..............

“މަހީހީ”އަށް އަދި އެފަދަ ޚިޔާލަށް ތާއީދު ކުރާ ފަރާތްތަކަ އަދަބު ވެރި ކަމާ އެކު ނަންގަންނަމެވެ. “އަބަދުވެސް ތިމާމެންގެ އިލްމުވެރިކަމުގެ މޮޅުވާހަކަ ދައްކާފައިނޫނީ” “ދުލުން ބަހެއް ނުބުނެވޭ” މީހުންނަކީ ހަގީގަތުގައިވެސް ރަގަޅު ބަޔެއް ނޫނެވެ. އެމީހުންނަކީ ހުތުރު އާދައެއްގެ ވެރިބަޔެކެވެ. ދެވަނައަށް ނަންގަންނަންއޮތީ ވައްހާބިޒަމްއަކީ އޮންނައެއްޗެއް ނޫނެވެ. އެކަމަކު الشيخ محمد بن عبد الوهاب ގެ އިޞްލާޙީ ޙަރަކާތަކީ މިއަދުވެސް ދިރި އޮތް ޙަރަކާތެކެވެ. ބިދްޢަތަކާއި ޚުރާފާތަށް ދޯޅުވެގެން އުޅޭ ގަބުރަށް އަޅުކަން ކުރާ މީހުން ކިތައްމެ ރުޅި އަޔަސް އެ ޙަރަކާތް އިރާދަ ކުރެއްވިއްޔާ ދިރިދެމިއޮންނާނެއެވެ. ކީރިތި މާތް ﷲ ގެ އިރާދަފުޅާއެކު ދިވެހިންގެ ތެރޭގައި ޢާންމުވެ އާލާ ވަމުންދާ ދީނީ ހޭލުންތެރިކަން ކުރިޔަށް ދާނެއެވެ. 1970 ގެ ކުރީކޮޅުގައި ޢާންމުވެފައި އޮތް ޖާހިލު ކަމަށް އެބުރި ދިޔުމެއް އިރާދަކުރެއްވިއްޔާ ދެންނެތެވެ. މި ހޭލުންތެރިކަން ފެތުރިގެން މިދިޔައީ މަހީހީގެ ރައީސް މައުމޫނު އެކަމާ ދެކޮޅަށް ހަގުރާމަ ކޮށްކޮށް ހުށްޓައެވެ. އެކަމުގެ ޖަޒާ އިރާދަކުރެއްވިއްޔާ އޭނާއަށް ލިބޭނެއެވެ. ކީރިތި ﷲ ޣާފިލުވެ ވޮޑިގެން ނުވެއެވެ

Thursday, April 15, 2010

ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ

ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިން ވާވައްދާ ނަރަކައަށް ވައްދަން ދަޢްވަތު ދޭ މި ނަޞޯރާ މިޝިނަރީ މީހުންގެ ވަބާ އާއި ބަލާ މުޞީބާތެވެ. މި ނުރައްކާތެރި ސުންޕާ ދުއްޕާނުން ސަލާމަތް ވުމަށް އޮތީ އެންމެ މަގެކެވެ. އެއީ އަހރެމެންނާއި އަހަރެމެންގެ ދަރީންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ކޮށް ހަރުދަނާ ކުުރުމެވެ. އެކަން ކުރެވޭނީ ރަގަޅު ތަރުބިޔަތާއި ޞައްޙަ ތަޢްލީމުގެ ތެރެއިން ދީނީ ހޭލުންތެރިކަން ޢާންމު ކުރެވިގެންނެވެ. ޅަަފަތުގައި ހަރުދަނާ ކަމާއެކު އިސްލާމީތަރުބިޔަތު ކުއްޖަކަށް ދެވިއްޖެނަމަ ދެން އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ތިބި ހުރިހާ މިޝިނަރީމީހުން އެއްފަހަރާ އަޔަސް އެ ކުއްޖާ އަށް މަގު އޮޅުވާލައިގެން ކާފަރު ކުރުމަކީ ވާނޭ ކަމެއްނޫނެވެ. މުރުތައްދުވާ ކޮންމެ މީހެއްގެ އަޑިޔަށް ބަލާލާއިރުވެސް އޮންނާނީ ބަލިކަށި ކަމީނާ ތަރުބިޔަތެކެވެ. ނަޞޯރާ ދީނުގެ ސޭކުންނަކީ އެމީހުން އެކިޔާ އެއްޗެއް އެމީހުންނަށް ޤަބޫލު ނުކުރެވޭ އަދި ނުވެސް ވިސްނޭ ހާލުގައި އެހެން މީހުން ޚާއްޞަކޮށް މުސްލިމުން ވާވައްދާ މަގުފުރައްދާ މުރުތައްދު ކުރަން ނުކުމެގެން އުޅޭ ޝައިޠޯނުން ތަކެކެވެ. ރައްކާތެރިވަމާތޯއެވެ! ރައްކާތެރިވެ ތިބިއަޔާ ދތުރޭ ބުނޭނޫންތޯއެވެ