Friday, March 19, 2010

މިޝިނަރީ ދުއްތުރާލާ ކެރިގެން ކުރިމަތިލަމާތޯއެވެ.

ހަގީގަތުގައިވެސް މުސްލިމުން މަގުފުރެއްދުމަށް ނަޞާރާ ކުރާ މަސައްކަތަކީ މިއަދަކު އިއްޔެއަކު ފަށައިގެން އުޅޭ ކަމެއްނޫނެވެ. އެތައް ޓްރިލިޔަން ޑޮލަރެއް މިކަމަށް އަހަރަކު ހޭދަކުރާއިރު މި މިޝިނަރީ މީހުންގެ އަތްދަށުގައި އާގުބޯޓާއި މަތިންދާބޯޓުގެ އިތުރަށް ބޮޑެތި އެއަރޕޯރޓްތައް އެބަހުއްޓެވެ. މި މިޝިނަރީ މަސައްކަތްތައް އަބަދުވެސް ކުރިޔަށް ދާނެއެވެ. މިކަމާ ކުރިމަތިލާ މި މީހުންގެި މަގުފުރެއްދުމުގެ ކުރިމަތީގައި މުސްލިމުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މުސްލިމުންގެ އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމެވެ. ތައުޙީދު ގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޢަޤީދާ މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގި ހަރުލެވިއްޖެ ނަމަ ނަޞާރާއިން ގެ ދެކޮޅު ނުޖެހޭ ވާހަކަތަކާއި ފޮތްތަކުން އަންނާނޭ އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ. ނަޞާރާއިންނަކީ އެމީހުން އަމިއްލަ ނަފަސަށް ވެސް އެމީހުންގެ ޢަޤީދާ ޤަބޫލު ނުކުރެވޭ ބަޔެކެވެ. ވީމާ އެ ޢަޤީދާއާމެދު އެމީހުން ތަފްޞީލުކޮށް ވާހަކަދައްކާކަށް ނުކެރޭނެއެވެ. އަދި ނުވެސް އެގޭނެއެވެ. އެމީހުންގެ ޢަޤީދާއަކީ އިންސާނީ ބުއްދިއަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭނޭ ތާކުންތާކުނުޖެހޭ ޢަޤީދާއެކެވެ

ޑައިވަރސިޓީގެ ނަން ހަމަ ރީތީހެއްޔެވެ؟؟؟؟؟؟؟

ދިވެހި ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ވެބް ސައިޓް ހުޅުވާ ލާއިރު ބޮޑު އަކުރުތަކަކުން ފެންނަން އޮންނަ އިގިރޭސި މެސެޖަކީ:"އިމްބްރޭސް ޑައިވަރސިޓީ" މި މެސެޖް އާއި އަދި “އެންޑް ޑިސްކްރިމިނޭޝަން”
(embrace diversity end discrimination )
މި މެސެޖެވެ
އަޅުގަޑަކީ ދިވެއްސަކަށް ވީތީވެ މި ކޮމިޝަނުގެ މަސްއޫލުވެރިންނާ ސުވާލު ކުރަން ބޭނުން ވަނީ މިއީ ކޮން “ޑައިވަރސިޓީ” އެއް ހެއްޔެވެ؟ ދިވެހިރާއްޖޭގައި އޮތީ އެއް އެތްނިސިޓީއެކެވެ.އެއް ރިލިޖަންއެކެވެ. އެއް ބަހެކެވެ. ސެކްޝުއަލް އޮރިއެންޓޭޝަން އަށް ބަލާއިރު ދިވެހީން އަބަދުވެސް ތާއީދު ކުރަނީ އަދި ކުރާނީ ޢިއްފަތްތެރި ފިރިހެން-އަންހެން ކައިވެންޏަށެވެ. ފިރިހެން-ފިރިހެން ނުވަތަ އަންހެން-އަންހެން ކައިވެންޏަކަށް ނޫނެވެ. ވީމާ ހިޔުމަންރައިޓްސްކޮމިޝަނުން ރާއްޖޭގައި ދިރުވާ ފަތުރަން މިއުޅޭ ޑައިވަރސިޓީ އަކީ ކޮބައި ހެއްޔެވެ؟ ޑައިވަރސިޓީ އިމްބްރޭސް ކުރުމަށް މަސައްކަތް ކުރަނީ މަލްޓި ރިލިޖަސް، މަލްޓި އެތްނިކް އަދި މަލްޓި ލިންގވިސްޓިކް ގައުމު ތަކުގައެވެ. ރާއްޖެއަކީ އެފަދަ ގައުމެއްނޫނެވެ. ވީމާ މިއީ ލޯކަނު ކަނޑުކޮސް ބީތާ ތަޤްލީދު ކުރުން ނޫން ކަމުގައި ވާ ނަމަ މިއީ ދިވެހިން ވާވައްދާ މަގުފުރެއްދުންކަން ޔަޤީނެވެ